ބަނގުރާ ދަޅުތަކެއް ގެންގުޅުނު މައްސަލައިގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޓަކް ބަހާދުރު ރިލަމީ، ނޭޕާލް (34އ) އާއި ބަހާރު އުދީން، ބަންގުލަދޭޝް (34އ) އެވެ.
މި ދެމީހުންނަކީ، ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރޭ 22:00 އެހައިކަންހާއިރު ޕެޓްރޯލް ކުރަމުންދިޔައިރު، ރީތިގަސް މަގު ބުރިޖު ދަށުން ޑިންގީއަކުން ފޭބި ދެ މީހުންކަމަށާއި އެ ދެމީހުން ފޮށިގަނޑެއް ހިފައިގެން ޑިންގީން ފޭބި ވަގުތު ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.
އެދެމީހުން ހައްޔަރުކޮށް އެ މީހުން ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރިއިރު 72 ދަޅު ބަނގުރާ ފެނިފައިވާކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް