އިސްރާއީލް ސިފައިން ފަލަސްތީނުގެ 15 ޕެރަމެޑިކުން ޝަހީދުކޮށްލި މަންޒަރު ހިމެނޭ ވީޑިއޯއެއް އާންމުވެއްޖެއެވެ.
ޝަހީދުވެފައިވާ މީހެއްގެ ފޯނުން ފެނުނު މި ވީޑިއޯއިން ފެންނަނީ މީގެ 2 ހަފްތާ ކުރިން ޣައްޒާގެ ރަފަހް ސަރަހައްދުގައި ހަރަކާތްތެރި ވަމުންދިޔަ ރެޑް ކްރެސެންޓް އަދި ސިވިލް ޑިފެންސްގެ މުވައްޒަފުން ދަތުރުކުރި އުޅަނދުތަކަކަށް އިސްރާއީލް ސިފައިން ހަމަލާދޭ މަންޒަރެވެ.
މިކަމާއި ގުޅިގެން އިސްރާއީލުން މީގެކުރިން ބުނެފައި ވަނީ ހެޑްލައިޓާއި އިމަޖެންސީ ލައިޓް ނުޖައްސާ ޝައްކު ކުރެވޭ ފަދަ ގޮތަކަށް ދަތުރުކުރަމުން ދިޔަ ގިނަ އަދަދެއްގެ އުޅަނދުތަކަކަށް ހަމަލާ ދީފައިވާނެ ކަމަށެވެ.
ނަމަވެސް އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ހަމަލާ ދިން ވަގުތުވެސް އެ އުޅަނދުތަކުގެ އިމަޖެންސީ ލައިޓްތައް ޖައްސާފައި ހުރި މަންޒަރެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް