މިދިޔަ ހަފްތާގައި މިޔަންމާއަށް އައި ވަރުގަދަ ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން 1 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ.
މި އެހީ ދިނުމަށް ނިންމިކަން ހާމަކުރެއްވީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މިޔަންމާގެ ބޮޑުވަޒީރުގެ ނައިބާއި އެ ގައުމުގެ ފޮރިން މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމެއްގައި ސްރީލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ އަރުން ހެމަޗަންދްރާއެވެ.
ރެކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 5،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. އަދި މި ބިންހެލުމުގައި ސުންނާފަތިވި އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރެވެމުންނެވެ.
ސްރީލަންކާ ސަރުކާރުން ވަނީ މިޔަންމާއަށް އެހީތެރިވުމަށް ސްރީލަންކާގެ ރައްޔިތުންގެ ތެރެއިން ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ހުޅުވާލާނެކަމަށް ވެސް ހާމަކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް