ފިޠުރު ޢީދު ޗުއްޓީއާ ގުޅިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހިންގާ މަސް ފިހާރަތައް ބަންދުކޮށްފިއެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި، ޢީދު ޗުއްޓީއާ ގުޅިގެން އިއްޔެއިން ފެށިގެން މި މަހުގެ 3 ވަނަ ދުވަހާ ހަމައަށް އެ ކުންފުނީގެ ހުރިހާ މަސް ފިހާރަތައް ހުންނާނީ ބަންދު ކޮށްފައެވެ.
އޭޕްރިލް 4 ވަނަ ދުވަހަކީ ހުކުރު ދުވަހަކަށް ވުމާއެކު، މިފްކޯގެ މަސް ފިހާރަތައް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ 5 އޭޕްރިލް ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:30 ގައި ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
މާލެ ސަރަހައްދުގައި މިފްކޯއިން ޖުމްލަ ހަތަރު މަސް ފިހާރަ ހިންގަމުން ގެންދެއެވެ. މީގެ ތެރޭގައި މާލޭގައި ދެ ފިހާރައަކާއި، ހުޅުމާލޭ ފޭސް 1 ގައި 1 ފިހާރަ އާއި ފޭސް 2 ގައި 1 ފިހާރަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް