ކޮންމެ އަހަރެއްގެވެސް ފިތުރު އީދާ ގުޅުވައިގެން ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމު ކުރާ "ބައިބަލާ ޗެލެންޖު" މާދަމާ ރޭ ފާށާނެއެވެ.
މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފޭސްގައެވެ.
މި އަހަރުގެ މުބާރާތުގައި 29 ޓީމެއް ބައިވެރިވާއިރު، މާދަމާ ރޭ ކުޅެން ހަމަޖެހިފައިވަނީ 6 މެޗެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ނިމިދިޔަ އަހަރުގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކުލަބު ވާދަކުރާނީ ޓީއެފްޓީއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ދަ ބޯސް ސްޕޯޓްސް ކުލަބު ކުޅޭނީ ޓީއެފްޓީ ވަކަރުގެއާ އެކުގައެވެ. އަދި ތިންވަނައަށް ކުޅޭ މެޗުގައި ފާއިތުވި އަހަރުގެ ރަނަރަޕް ކާސިންޖީ ބައްދަލުކުރާނީ ޓީނޭޖް ވެޓަރެންސްއާއެވެ.
ޖަނަވަރީ ސްޕޯޓްސް ކުލަބު ކުޅޭނީ ލިޓްލް ޓައުންއާ ދެކޮޅަށެވެ. އަދި ކުޑަހެންވޭރު ޔުނައިޓެޑާއި ބީޖީ ނިއުޖެނެރޭޝަން ވާދަކުރާނެއެވެ. އަދި މާދަމާ ރޭގެ އެންމެ ފަހު މެޗުގައި އެލްޓީ ސްޕޯޓްސް ކުލަބު ކުޅޭނީ ކާސިންޖީއާ ދެކޮޅަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް