މުޅި ރާއްޖެ ޑިޖިޓަލައިޒްކުރުމުގެ ތަސައްވުރުގެ ދަށުން 5 އައު ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ހަވާބު ސެއަ. މި ޖަވާބުގައި ވަޒީރު އިޙްސާން ވިދާޅުވެފައިވަނީ، ޑިޖިޓަލް އިގްތިޞާދު ފުޅާކޮށް، 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހެދުމަކީ ރައީސް މުޢިއްޒުގެ އަމާޒެއް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މި ތަސައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި ސަރުކާރުން ވަނީ ޢަމަލީ މަސައްކަތްތަކެއް ފަށާފައެވެ. މީގެ ތެރޭގައި، އާޓިފިޝަލް އިންޓެލިޖެންސްގެ ބިލު ފިޔަވައި އެހެން ހުރިހާ ބިލުތަކާއި ގަވާއިދުތަކެއްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް ރޭވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިލެކްޓްރޯނިކް ޓްރާންސްފަރަބަލް ރިކޯޑްސްގެ މުޢާމަލާތްތަކަށް ބާރުވެރިކަން ދިނުމަށްޓަކައި އިލެކްޓްރޯނިކް މުޢާމަލާތްތަކާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިޙްސާން އިތުރަށް ހާމަކުރެއްވި ގޮތުގައި، ކައުންސިލްތަކުގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި "މައި ކައުންސިލް" ގެ ނަމުގައި ޕްލެޓްފޯމެއް ތަރައްޤީކުރަމުންދެއެވެ. މި ނިޒާމުގެ ސަބަބުން ހުރިހާ ކައުންސިލްތަކެއްގެ ޚިދުމަތް އެއް ވިއުގައަކުން ލިބޭނެއެވެ.
މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ނިންމާފައިވަނީ މައިގަނޑު 3 ކަމެއް ފުރިހަމަކުރުމަށެވެ. އެއީ:
1. ޒާތީ މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ޒަމާނީ ފެންވަރުގެ ޑިޖިޓަލް އައިޑީއެއް ތައްޔާރުކުރުން
2. އިދާރާތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުން
3. ނިޒާމަށް ދެވޭ ސައިބަރ ހަމަލާތަކުން ރައްކާތެރިވެވޭނެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް