ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ ޢަދަދު މަދުކުރުމަށް ކޯޓުތަކާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ބިލުގައި ސުޕްރީމް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ވަނީ ހުށަހަޅާފައެވެ. ކޯޓުތަކުގެ ޤާނޫނަށް މި އިސްލާހު ހުށަހަޅާފައިވަނީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު އަމިއްލަ ގޮތުންނެވެ.
ބިލު ހުށަހެޅުމުގެ މަޤްޞަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ޤާނޫނު އަސާސީން ދިވެހިން ކުރާ އެންމެ ފޮނި އުންމީދަކީ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުވެގެން އައުން ކަމުގައި ދެކޭތީ އާއި އެ ބަދަލު އެންމެ އެކަށޭނަ ގޮތަކަށް ރައްޔިތުންނަށް ލިބިގެންދާތީ ކަމަށެވެ.
މި ބިލުގެ އިބްތިދާޢީ ބަހުސް މިއަދު ނިންމާލުމަށްފަހު، ބިލް މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން، ހާޒިރުވި މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓު ދީފައިވަނީ ބިލް ބަލައިގަތުމަށެވެ. އަދި 12 މެންބަރުން ވޯޓު ދީފައިވަނީ ބިލް ބަލައިނުގަތުމަށެވެ.
މަޖިލީހުގެ ތަޅުމުން މި ބިލް ބަލައިގަތުމަށްފަހު، އެ ބިލް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމުން، މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ އެއްވެސް ބަދަލެއް ނުގެނެސް، ކޮމިޓީން ފާސްކޮށްފައެވެ.
މި ބިލް ފާސްވެ ޤާނޫނަކަށް ވެއްޖެނަމަ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިންަދަދު 7 އިން 5 އަށް މަދުވެގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް