ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދ. ރިނބުދޫގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރައްވައި، އަދި ރިނބުދޫ ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފެށުމާއެކު، ރަށުގެ ރައްޔިތުންނަށް 24 ގަޑިއިރު ފައިސާ ނެގުމާއި، ޑިޕޮސިޓް ކުރުމާއި، ފައިސާ ދެއްކުންފަދަ ޚިދުމަތްތައް ލިބެން ފަށާފައިވެއެވެ. މިހާރު ބީއެމްއެލްއިން ވަނީ 20 އަތޮޅެއްގައި 39 ބްރާންޗް، 98 ސެލްފްސަރވިސް ބޭންކިންގ ސެންޓަރު އަދި 155 އޭޓީއެމް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދެމުންނެވެ.
ރިނބުދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް ޢުމަރެވެ. މި އިމާރާތަކީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢުގެ ތެރެއިން ހިމެނޭ އިމާރާތެކެވެ.
"މި މަޝްރޫޢުގެ އަމަލީ މަސައްކަތް އޭޕްރީލް މަހު ފެށޭނެ" ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. މަޝްރޫޢު ނިންމުމަށް 2 އަހަރާއި 6 މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު، ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި، ވިޔަފާރިތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ފާހަގަކޮށްފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް