ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ ހޯދައި، އެކަމާ ގުޅުންހުރި މީހުން ހައްޔަރުކޮށްފިއެވެ
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްޗާއެކު 23 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވެއެވެ. ހައްޔަރުކުރެވުނު މީހާއަކީ ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ (23އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ފެބްރުވަރީ މަހު 19 ވަނަ ދުވަހުގައެވެ.
ދެވަނަ އޮޕަރޭޝަނަކީ ހުޅުމާލޭ ފޭސް ދޭއްގެ އެޕާޓްމަންޓެއްގައި ހިންގުނު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއި ބަނގުރާ ފެނުމާ ގުޅިގެން އަންހެނަކާއި ދެ ފިރިހެނަކު ހައްޔަރުކޮށް ބަންދުކޮށްފައިވެއެވެ. ހައްޔަރުކުރެވުނު މީހުންނަކީ ލ. ގަން / ތުނޑި. މިލާނޯ، މުޙައްމަދު ރިޝްފާން (28އ)، ލ. ގަން / މަތިމަރަދޫ، ރިޔާޟު، ޙުސައިން ޝިޔާން (23އ) އަދި ލ. ގަން / ތުނޑި. ފީނިވިލާ، ޙައްވާ ސިމާނާ (29އ) އެވެ.
މި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ދަޅަކާއި 5 ރަބަރު ޕެކެޓްގެ އިތުރުން ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 މިލިލީޓަރުގެ ފުޅިއެއް ފެނިފައިވެއެވެ.
މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ރިޝްފާން އާއި ޙުސައިން ޝިޔާން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު، ޙައްވާ ސިމާނާ 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް