ކައިވެނީގެ ރަނަށް ކިޔި 85،000 ރުފިޔާ ނުދީގެން ފެމިލީ ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި، އެ ފައިސާ ކުރިއަށް އޮތް 10 މަހުގެ ތެރޭގައި ދެއްކުމަށް ފެމިލީ ކޯޓުން ހުކުމްކޮށްފިއެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހީމް މާހިރު މިދިޔަ މަހުގެ ފަހުކޮޅު ކުރެއްވި ހުކުމުގައި ވިދާޅުވެފައިވަނީ، ފިރިހެން މީހާ މި މަހުން ފެށިގެން ކުރިއަށް އޮތް 10 މަހުގެ ތެރޭގައި، ކޮންމެ މަހަކު 8،500 ރުފިޔާ ދައްކާ ގޮތަށް ރަނަށް ކިޔާފައިވާ ޖުމުލަ އަދަދު ދައްކަން ޖެހޭނެ ކަމަށެވެ.
މި މައްސަލައިގައި ފާހަގަކުރެވުނު ގޮތުގައި، ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު ވެސް ފިރިހެން މީހާ އެއްވެސް ހަރަދެއް ނުކުރާ ކަމަށާއި، އޭނާއަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ފަރުވާ ހޯދަމުންދާ މީހެއް ކަމަށް ވެސް ކޯޓުގައި ހާމަވެފައިވެއެވެ.
ނަމަވެސް، ފިރިހެން މީހާ ކޯޓުގައި އެއްބަސްވެފައިވަނީ މި މަހުން ފެށިގެން ކުރިއަށް އޮތް 10 މަހަށް ބަހާލައިގެން ފައިސާ ދައްކަން ކަމަށް ކޯޓުން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް