ރ. އުނގޫފާރު، 15 ނޮވެމްބަރ 2023 - އަގުހުރި ހިދުމަތްތަކަކާއެކު އައިކެއާގެ އާ އައުޓްލެޓެއް ރ. އުނގޫފާރުގައި އިއްޔެ ހުޅުވައިފިއެވެ. މި އައުޓްލެޓް ހުޅުވީ އެ ރަށުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.
އުނގޫފާރުގައި އަލަށް ހުޅުވި މި އައުޓްލެޓުން ފުރިހަމަ އޮޕްޓިކަލް ހިދުމަތްތަކެއް ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި ސްޓައިލިޝް އައިނުތަކުގެ ފުޅާ ކަލެކްޝަނެއް ހިމެނެއެވެ. މިގޮތުން ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ނަންބަރު އައިނު، އަވިއައިނު އަދި ފްރޭމްތައް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު ކޮންޓެކްޓް ލެންސް އަދި ކަސްޓަމައިޒްޑް އޮޕްޓިކަލް ސޮލިއުޝަންސް ވެސް ލިބެން ހުންނާނެއެވެ.
ފިހާރަ ހުޅުވުމާ ގުޅިގެން، އަވި އައިނާއި ނަންބަރު އައިނުން 30 ޕަސެންޓުގެ ހާއްސަ ޑިސްކައުންޓެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އައިކެއާއިން ބުނެފައިވެއެވެ.
އުނގޫފާރު ރަށު ކައުންސިލާ ގުޅިގެން ލޮލުގެ ސްކްރީނިންގ ޕްރޮގްރާމެއް ހިންގަން ވެސް ނިންމާފައިވެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހަށެވެ.
އައިކެއާއިން ބުނި ގޮތުގައި މި އާ އައުޓްލެޓް އުނގޫފާރުގައި ހުޅުވުމުގެ މައިގަނޑު މަގުސަދަކީ އުނގޫފާރުގައި ކޮމްޕްރެހެންސިވް އޮޕްޓިކަލް ކެއާއަށް އޮތް ޑިމާންޑް އިތުރުވަމުން ދާތީ އެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އަދި ހަމަ އެހެންމެ، އުނގޫފާރު ރައްޔިތުންނަށް އިތުބާރު ހުރި، ޒަމާނީ އައިނު ފަސޭހަކަމާ އެކު ލިބޭނެގޮތް މަގުފަހި ކޮށްދިނުމެވެ.
އައިކެއާގެ އަމާޒަކީ އެ ސަރަހައްދުގައި އޮޕްޓިކަލް ކެއާގެ އާ މިންގަނޑުތަކެއް ކަނޑައަޅައި، އާންމުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ހައްލު ހޯދުމެވެ. އަދި އައިކެއާއިން ކުޅުދުއްފުށި ސިޓީއަށް ފުޅާކުރަން ނިންމި ނިންމުން ދައްކުވައިދެނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު އޮޕްޓިކަލްގެ ހިދުމަތް ކަށަވަރު ކުރުމުގެ ފުޅާ ވިސްނުން ގެންގުޅޭ ކަމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް