ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، އދ.މާމިގިލީ ރައްޔިތުންނަށް މިސްކިތެއް ބިނާކޮށްދެއްވައިފިއެވެ.
މަސްޖިދުލް ޛިކުރާގެ ނަމުގައި ބިނާކޮށްދެއްވި މި މިސްކިތަކީ އެ ރަށުގެ ރައްޔިތުންނާއި ކައުންސިލުގެ އެދިވަޑައިގަތުމުގެ މަތިން ބިނާކޮށްދެއްވި މިސްކިތެކެވެ.
މި މިސްކިތުގެ ބިންގާ އަޅާފައިވަނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މިސްކިތް ބިނާކުރުމަށް ޖުމުލަ 57 ދުވަސް ހޭދަވެފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މާމިގިލީ ދާއިރާގެ މެންބަރުކަން ގިނަ އަހަރުތަކެއް ވަންދެން ކުރައްވަމުން ގެންދަވާ ޤާސިމް އިބްރާހީމް ވަނީ މާމިގިލި އަދި އދ. ފެންފުށީގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެ އިތުރުން އެ ރަށްރަށުގެ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވައެވެ.
ޤާސިމް އިބްރާހީމަކީ މާމިގިލި އަދި ފެންފުށީގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބިވަޑައިގެންފައިވާ ޝަޚްޞިއްޔަތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް