ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދިވެހި ދެމައިން ހައްޔަރުކޮށްފިއެވެ. މިގޮތުން ހައްޔަރުކުރެވުނީ 56 އަހަރުގެ އާމިނަތު އަދި 25 އަހަރުގެ ފާޠިމަތު މާޔާއެވެ.
ފުލުހުން މައުލޫމާތު ބުނެފައިވާ ގޮތުގައި، މި ދެމައިންދަރިން ހައްޔަރުކުރެވުނީ ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި އެ މީހުން ދިރިއުޅޭ ގެއަށް ވަދެ ބަލައި ފާސްކުރުމުން 189.69 ގުރާމުގެ މަސްތުވާތަކެއްޗާއި ފައިސާ ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން މި ދެމައިން ކޯޓަށް ހާޒިރުކުރުމުން، ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އާމިނަތު 5 ދުވަހަށް އަދި ފާޠިމަތު މާޔާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް