ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، ޔޫ.އެން.ޑީ.ޕީ އަދި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް ގުޅިގެން އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް މިއަދު ބ. އޭދަފުށީގައި ފަށައިފިއެވެ.
މި ޕްރޮގްރާމަކީ އެ އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި، ކައުންސިލްތަކުގެ އަންހެން މެންބަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤް ބައިވެރިވެ ވަޑައިގަންނަވައެވެ. މި ޕްރޮގްރާމަކީ އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.
އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރޯދަ ޢިނާޔަތާއި، ވިހެއުމުން ލިބޭ ޗުއްޓީ ފަދަ އިނާޔަތްތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދެއެވެ.
މީގެއިތުރުން، އަންހެނުންނަށް ބޭންކުތަކުން ފަސޭހައިން ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި، ޤާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށް ގެންދެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް