ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިޔަށްދާ ގައުމީ ކްރިކެޓް މުބާރާތުގެ ފަސްވަނަ ދުވަހުގެ މެޗުގައި މިލާން ކްރިކެޓް އެކެޑަމީ، އެމްއެސް ހެލްޕިން ހޭންޑް އަތުން މޮޅުވެއްޖެއެވެ.
މެޗުގައި ފުރަތަމަ ބެޓިންގ ހޯދި އެމްއެސް ހެލްޕިން ހޭންޑުން 50 އޯވަރު ހަމަވިއިރު 9 ވިކެޓް ގެއްލިގެން ހޯދީ 209 ރަންސްއެވެ. އެމްއެސްގެ އިނިންގްސްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 74 ރަންސް ހޯދި މުޙައްމަދު ދިލްޝާންއެވެ. މީގެ އިތުރުން 23 ރަންސް ހޯދި ލީމް ޝަފީގްވެސް ވަނީ 9 އޯވަރުގައި 30 ރަންސް ދީ 2 ވިކެޓް ނަގާފައެވެ.
210 ރަންސްގެ ޓާގެޓެއް ފަހަތުން ދުވި މިލާން ކްރިކެޓް އެކެޑަމީއަށް 47 ވަނަ އޯވަރުގައި 6 ވިކެޓް ގެއްލިގެން މި ލަނޑު ހާސިލްކުރެވުނެވެ. މިލާންގެ އިނިންގްސްގައި އެންމެ ފާހަގަކޮށްލެވުނު ކުޅުމެއް ދެއްކީ 92 ރަންސް ހޯދި ޔޫސުފް އަޒިޔާންއެވެ. އަދި އަހުމަދު ހަސަން ވަނީ 41 ރަންސް ހޯދާފައެވެ.
މި މޮޅާއެކު މުބާރާތުގެ ޕޮއިންޓް ޓޭބަލްގެ އެންމެ ކުރީގައި މިވަގުތު އޮތީ ހަތަރު ޕޮއިންޓާއެކު އެމްއެސް ހެލްޕިންގް ހޭންޑް ސްޕޯޓްސް އެކަޑަމީއެވެ. ދެވަނަ ހިސާބުގައި މިލާން ތިން ޕޮއިންޓާއެކު އޮތްއިރު، ތިންވަނައިގައި ދެ ޕޮއިންޓާއެކު މާލޭ ސްޕޯޓްސް އަދި އެއް ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ ސީބީއެލް ސްޕޯޓްސްއެވެ.
މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ މިލާން ކްރިކެޓް އެކަޑަމީގެ ޔޫސުފް އަޒިޔާންއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް