މަސްވެރި އާއިލާތަކަށް ކުރިއަށް އޮތީ އުޖާލާ އުވަސްތަކެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
"ރިޔާސީ ބަޔާން 2025 ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ 40 އެއްހާ އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާއަށް ބޭނުންވާ ވަރަށް ސަމާލުކަން ދެވިފައި ނުވާ ކަމަށާއި، މި ދާއިރާ ކުރިއެރުވުމަށް ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނަކީ މަސްވެރިކަމުގެ ދާއިރާއަށް އައު އުއްމީދުތަކެއް ގެނެސްދޭ ބަޔާނެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ސަރުކާރުން ވޭތުވެދިޔަ އަހަރު ތެރޭގައި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތްތަކަށާއި، ކުރިއަށް ރޭވިފައިވާ ކަންތައްތަކަށް ބަލާއިރު، މަސްވެރި ޢާއިލާތަކަށް ފާގަތި މުސްތަޤުބަލެއް ކުރިމަތިވާނެ ކަމަށް ވިދާޅުވިއެވެ.
އިތުރަށް ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މަސްވެރިކަން އަލުން ދިވެހިންގެ ލޭނާރުގެ ގޮތުގައި ވަރުގަދަ ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި، މަސްވެރިކަމުގެ ދާއިރާއަށް ކުރިއަށް އޮތީ ފާގަތި ދުވަސްވަރެއް ކަމުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް