މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ނުރުހޭ ލަޤަބުތަކުން ގޮވުމަކީ މާތް ﷲ ނަހީ ކުރައްވާފައިވާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުހެ ހުކުރު ޚުތުބާގައި މުސްލިމް އަޚާއަށް ހެޔޮކޮށް ހިތުމާއި ގުޅޭ ގޮތުން ވަރަށް މުހިންމު ނުކުތާތަކެއް ފާހަގަކޮށްފައިވެއެވެ.
ޚުތުބާގައި ބުނެފައިވާ ގޮތުގައި އިސްލާމްދީނަކީ އުޚުއްވަތްތެރިކަމާ، އޯގާތެރިކަމާއި، ރަޙުމާއި، ހަމްދަރުދީގެ ދީނެކެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި، ގެއްލުންދިނުމަކީ އެ ދީން ހުއްދަކުރާ ކަމެއްނޫން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން، މުޖުތަމަޢުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކުކަމުގައި ވަނީ ނަމަ، ނަޞްރާއި، ކާމިޔާބީއާ ހަމައަށް ވާޞިލުވުމީ އެ މުޖުތަމަޢަށް އެކަށީގެންވާ ކަމެއްނޫން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. މިކަން ސާބިތުކޮށްދިނުމަށް ތާރީޚުގެ މިސާލުތަކެއް ވެސް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި އިތުރަށް ބުނެފައިވަނީ އެއްބައިވަންތަ ކަމަށް ބާރުއެޅުމުގެ އިތުރުން، އެކަމަށް ހުރަސް އެޅޭ ކަންކަން ކަމުގައިވާ އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުން މާތް ﷲ މަނާ ކުރައްވާފައިވާ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް