މިވަގުތު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ އިންޑިއާއާ ދެކޮޅުވެވޭ ފެންވަރެއްގައި ނޫންކަމަށާއި، އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްތައް ބަލައިގަނެވޭ ކަމަށާއި އެއީ އެބޭފުޅާގެ ހިތުގައި ރައީސާމެދު އޮތް ތައުރީފެއް ކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް ފާހަގަކުރެއްވި ގޮތުގައި އިންޑިއާއަށް ދައްކަންޖެހޭ ދަރަނީގެ ސަބަބުން އިންޑިއާގެ "އަތްގާތް ދަށުވެފައި" ވާކަމަށާއި، ކުޑަ ޤައުމަކުން އަވައްޓެރި ބޮޑު ޤައުމަކާ ޖައްސާލައިގެން ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާއަށް ދިވެހި އިޤްތިޞާދު ބަރޯސާވާން ޖެހުނު ޒިންމާ އުފުލަންޖެހޭނީ ކުރީގެ ރައީސުން ކަމަށްވާ ނަޝީދު، ޔާމީން އަދި އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުތައް ކަމަށް ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ވައުދެއް ކަމަށާއި، އެގޮތުން ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓްކުރި އަސްކަރީން ފޮނުވާލައި، އެ އަދަދަށް މަދަނީ ޚިދުމަތްތެރިން ގެނެސްފައިވާކަން ފާހަގަކުރެއްވިއެވެ. އިންޑިއާއާއެކު ވެފައިވާ އަސްކަރީ އެއްބަސްވުންތަކުގައި މައްސަލައެއް އުޅޭނަމަ، އެކަން ބަދަލުކުރެވޭނީ ބައިނަލްއަޤްވާމީ އުސޫލުތަކުގެ ތެރެއިން ކަމަށާއި، އެކަމަށް ވަގުތު ނަގާނެ ކަމަށްވެސް ވިދާޅުވިއެވެ.
2024 އަދި 2026 ވަނަ އަހަރު ދައުލަތުން ބޮޑު އަދަދެއްގެ ދަރަނި ދައްކަންޖެހިފައިވާއިރު، ސިޔާސީ މަސްރަހު ހަލަބޮލިކުރުމަކީ ޤައުމަށް ނިކަމެތިކަން ލިބިދާނެ ކަމެއްކަމަށް ގާސިމް ވިދާޅުވިއެވެ. ޚާއްޞަކޮށް 2026 ވަނަ އަހަރު 1.2 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭއިރު، ޤައުމު ހަލަބޮލިވެއްޖެނަމަ އެއްވެސް ފަރާތަކުން އެހީތެރިކަމެއް ނުލިބޭނެކަން ފާހަގަކުރެއްވިއެވެ.
ސިޔާސީގޮތުން ޤައުމު ހަލަބޮލިވެއްޖެނަމަ، އެހީތެރިކަމާއި އިންވެސްޓްމަންޓްތައް ދޭން ތިބި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ޤައުމުތަކުން ރާއްޖެ "ބްލެކްލިސްޓް" ކުރާނެކަމަށް ގާސިމް ވިދާޅުވެ، އިދިކޮޅު އެމްޑީޕީން ޤައުމު ހަލަބޮލިކުރާފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރެއްވިއެވެ.ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ބޮޑެތި ދަރަނިތައް ދައްކަންޖެހޭ ދަނޑިވަޅެއްގައި، ރައްޔިތުން ރައީސް މުއިއްޒަށް ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ދީފައިވާތީ، ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކޮށް، ސިޔާސީ މަސްރަހު ހަލަބޮލިނުކޮށް ބޭއްވުމަށް ގޮވާލައްވައިފިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި ސިޔާސީގޮތުން ޤައުމު ހަލަބޮލިވެއްޖެނަމަ، އެހީތެރިކަމާއި އިންވެސްޓްމަންޓްތައް ދޭން ތިބި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ޤައުމުތަކުން ރާއްޖެ "ބްލެކްލިސްޓް" ކުރާނެއެވެ. އަދި ޤައުމު ފަސާދަކުރުމުގެ ހައްގު އެހެން ޕާޓީތަކަށް ލިބިގެން ނުވާކަމަށްވެސް ވިދާޅުވިއެވެ.
އިގްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ރައީސް މުއިއްޒު މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވައި، ޚާއްޞަކޮށް ކޮރަޕްޝަންގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވަމުންދާކަން ފާހަގަކުރެއްވިއެވެ. މިއީ އެމަނިކުފާނަށް ގާސިމްގެ ހިތުގައި އޮތް ތަޢުރީފެއްކަމަށް ވިދާޅުވިއެވެ.
އެމްޑީޕީން އަބަދުވެސް ސަރުކާރުތަކާ ދެކޮޅަށް ހަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވައި، މިވަގުތު ގައުމުގެ ހާލަތު އޮތްގޮތުން އެފަދަ ކަންކަމަށް ޖާގައެއް ނުދޭކަމަށް ގާސިމް ވިދާޅުވެފައިވެއެވެ. އަދި އިދިކޮޅު އެމްޑީޕީން ޤައުމު ހަލަބޮލިކުރާފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް