އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ތެލުގެ ވިޔަފާރި ހުއްޓުވުމަށް އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވައިފިއެވެ. މި ފިޔަވަޅުތައް އަޅުއްވާފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރެއްވުމުގެ ކުރިންނެވެ. މިއީ، ނަތަންޔާހޫ ރުއްސަން އެޅުއްވި ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރުމުގެ ފުރުޞަތު އޮތް ކަމުގައި ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އީރާނަށް ނިއުކްލިއަރ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދިނުމަށް މަސައްކަތް ކުރާނެ" ކަމަށެވެ. އަދި ބައިޑަންގެ ސަރުކާރުން އީރާނާ މެދު އަޅުއްވާފައިވާ ފިޔަވަޅުތައް ފޭލްވެފައިވާ ކަމަށް ފާހަގަކުރައްވައި، އީރާނުން ތެލުގެ އާމްދަނީ ބޭނުންކުރަނީ ނިއުކްލިއަރ ޕްރޮގްރާމް ކުރިއެރުވުމަށް ކަމަށް ތުހުމަތުކުރައްވާފައިވެއެވެ.
އައިއޭއީއޭއިން ހާމަކޮށްފައިވާ ގޮތުގައި އީރާނުން ވަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ޔުރޭނިއަމް 60 ޕަސެންޓަށް މުއްސަނދިކުރުމުގެ ޤާބިލުކަން ހޯދާފައެވެ. ނަމަވެސް އީރާނުން މިކަން ދޮގުކޮށް، ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަސައްކަތް ނުކުރާކަމަށް ބުނެފައިވެއެވެ.
ފާއިތުވި އަހަރު އީރާނަށް ތެލުގެ ވިޔަފާރިން 53 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައިވާއިރު، 2024 ވަނަ އަހަރު ތެޔޮ އުފެއްދުން އިތުރުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެމެރިކާގެ ފިޔަވަޅުތަކަށް އިޙްތިރާމް ނުކުރާ ޗައިނާއަކީ އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ ޤައުމެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް