ކުޅުދުއްފުށި ސިޓީ އެއާޕޯޓް ފަސެންޖަރު ޓާމިނަލް ބޮޑު ކުރުމަށް އަޅާ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މާލީ ވަޒީރު މޫސާ ޒަމީރު އަދި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު އެވެ.
މިއީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު 21 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި، އަދި 2019 ވަނަ އަހަރުގެ އޮގަސްޓް 9 ވަނަ ދުވަހު ރަސްމީ އޮޕަރޭޝަންތައް ފެށި އެއާޕޯޓެކެވެ.
މި އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ތަރައްގީކުރި އެއާޕޯޓެވެ.
އެ އެއާޕޯޓު ތަރައްގީގޮށް ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އެ މަސައްކަތް ފެށުން ލަސްވީ ދައުލަތުގެ މާލީ ހާލަތާއި، އެއާޕޯޓުގެ ޕްލޭނަށް ގެންނަން ޖެހޭ ބައެއް ބަދަލުތަކާއި، އަދި އެއާޕޯޓަށް ބޭނުންވާ އިކުއިޕްމެންޓްތަކަށް އޯޑަރު ކުރުން ފަދަ ކަންކަމުގައި ދިމާވި ލަސްތަކެއްގެ ސަބަބުން ކަމަށް އަމީން ވަނީ މިދިޔަ ޖޫން މަހު ވިދާޅުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




