2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެެއްދެވި ޚާއްސަ ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައް ނިންމައި، އެކުލަވާލި ރިޕޯޓު ރައީސް އޮފީހުގެ ވެބްސައިޓުގައި އާއްމުކޮށްފިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މި ރިޕޯޓް ކޮމިޝަނުގެ ރިޕޯޓް ލިބިވަޑައިގެންނެވި ގޮތަށް ޢާންމު ކުރެއްވުމަށް ރައީސް ނިންމެވުމާ ގުޅިގެންނެވެ.
މި ހާދިސާއާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދުމަށާއި، ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާައިވާ މަސައްކަތްތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ މި ޚާއްޞަ ކޮމިޝަން އުފެއްދެވީ 2025 އެޕްރީލް 27 ގައެވެ.
ކޮމިޝަނުން އެ މަސައްކަތް ފުރިހަމަކުރައްވައި، ރައީސްގެ އަރިހަށް ރިޕޯޓު ހުށަހެޅުއްވީ، ކޮމިޝަން އުފެއްދެވިތާ 52 ދުވަހުގެ ތެރޭގައެވެ. މިއީ މިފަދަ ކޮމިޝަނެއްގެ މަސައްކަތް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ނިންމަވައި، ރިޕޯޓް ހުށަހެޅުއްވި ފުރަތަމަ ފަހަރު ކަމަށް ރައީސްގެ އޮފީހުން ފާހަގަކޮށްފައިވެއެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް