ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވައިދޭ ސެގްމެންޓްތަކުގެ ތެރެއިން އެންމެ ފަހު ސެގްމެންޓްގެ މަސައްކަތް ނިންމައި، މާލެ އާއި ވިލިމާލެ މިއަދު ބްރިޖުން އެއްކޮށް ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ۔ މިއީ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދާ އެންމެ މުހިންމު އެއް މަރުހަލާއެވެ.
މި ބިޔަ މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދު އަޅާފައިވާ ބްރިޖްގެ ސެގްމެންޓްތައް ގުޅާލުމުގެ މަސައްކަތް ނިމުމަކަށް އައުމަކީ މުޅި މަޝްރޫއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ۔ މާލެ އާއި ވިލިމާލެއާ ދެމެދު ކަނޑުމަތީގައި ކުރިއަށްދިޔަ ތަނބުތަކާއި ސެގްމެންޓްތައް އެއްކޮށް ގުޅާލުމުން، ދެ ރަށް ދެމެދު އެއްގަމު މަގުން ދަތުރުކުރުމުގެ އަމަލީ އޮނިގަނޑު މިހާރު ވަނީ ފުރިހަމަވެފައެވެ۔
އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ހިންގާ ބިޔަ މަޝްރޫއެކެވެ۔ މާލެ އާއި ވިލިމާލެ ގުޅާލުމުގެ މަސައްކަތް މިއަދު ނިމިގެންދާއިރު، މި މަޝްރޫއުގެ ދަށުން ދެން ހުރި ރަށްތައް ގުޅާލުމުގެ މަސައްކަތްތައްވެސް ބާރުދުވެލީގައި ކުރިއަށްދާނެއެވެ۔
މި ބްރިޖްގެ މަސައްކަތް އެއްކޮށް ނިމި ދަތުރުފަތުރަށް ހުޅުވާލުމުން މާލެ ސަރަހައްދުގެ އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ۔ ޚާއްސަކޮށް ވިލިމާލެ އާއި މާލެއާ ދެމެދު ކުރާ ދަތުރުތަކަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ۔



