ކ. ހުރާ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މިހާރު ކުރިއަށްދަނީ ކޮލަމް ރިންގް ބައިންޑިންގެ މަސައްކަތްތަކެވެ. އަދި މި މަހުގެ 18 ވަނަ ދުވަހު ކޮލަމް ކޮންކްރީޓް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
Project Update: Upgrading of K. Huraa Health Center
Column ring binding works are ongoing. Column concrete works scheduled for 18th July 2026.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/tfYEfPPTC9
— MTCC Plc (@MTCCPlc) July 16, 2026
ޖުމްލަ 27.23 މިލިއަން ރުފިޔާ ހަރަދުކޮށްގެން 360 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން، ކޮންމެ ފަންގިފިލާއެއްގައި 7,825 އަކަފޫޓު ހުންނަ ގޮތަށް ޖުމްލަ 15,650 އަކަފޫޓުގެ ދެ ފަންގިފިލާގެ އިމާރާތެއް ބިނާކުރާނެއެވެ. މި އާ އިމާރާތާއެކު އެ މަރުކަޒު 16 އެނދުގެ ޖާގައަށް ބަދަލުވެގެންދާއިރު، ބިންގަނޑު އެއްވަރުކުރުމާއި، ކޮންކްރީޓް، ރޭނުން، ޓައިލްސް ޖެހުން، އަދި ދޮރުތައް ހަރުކުރުމުގެ އިތުރުން ކަރަންޓާއި ޑްރައިނޭޖްގެ މަސައްކަތްތައް ވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން މެޑިކަލް ގޭސް ސިސްޓަމެއް ބެހެއްޓުމާއި، އޭސީ އަދި އަލިފާން ނިއްވާ ނިޒާމް ގާއިމްކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
ގާތްގަނޑަކަށް 1,380 މީހުންގެ އާބާދީއެއް އޮންނަ ހުރާގައި ތަރައްގީ ކުރާ މި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް އެއްކޮށް ނިމުމުން، އެ ރަށުން ލިބޭ ސިއްހީ ފަރުވާގެ ފެންވަރު ވަރަށް ބޮޑަށް ފުޅާވެގެންދާނެއެވެ. މިއާއެކު ރަށުގެ ރައްޔިތުންނަށް ރަށުން ބޭރަށް ނުގޮސް، އަމިއްލަ ރަށުގައި ތިބެގެން އާންމު ގޮތެއްގައި ބޭނުންވާ ސިއްހީ ހިދުމަތްތައް މާ ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.



