ޅ. ކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމަށްޓަކައި ހިންގާ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އެމްޓީސީސީއިން ބުނީ މިހާރު ސައިޓުގައި ކުރިއަށްދަނީ ޖެޓީ ޝަޓަރިންގ މަސައްކަތްތަކާއި، މަޝްރޫޢުގެ އިންޖިނިއަރިންގް އަދި އިދާރީ ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ސައިޓް ސެޓަޕް ޤާއިމުކުރުމުގެ މުހިންމު މަސައްކަތްތަކެވެ.
Project Update: Design and Build of Harbor Upgrade at Lh. Kurendhoo
Jetty shuttering and site setup works are ongoing.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/E6teLhX4Sp
— MTCC Plc (@MTCCPlc) July 16, 2026
މި މަޝްރޫޢަކީ ކުރެންދޫ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މަޝްރޫޢުގެ ޖުމްލަ 12 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި ޑިޒައިން އެންޑް ބިލްޑް މަޝްރޫޢުގެ ދަށުން ބަނދަރުގެ ފާލަމާއި (ބްރިޖް)، ޖެޓީ، ބޭރުތޮށި އަދި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ހިމެނޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި 36,363 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 303 މީޓަރުގެ ޖެޓީއެއް އެޅުމުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 478 މީޓަރުގެ ސަރަޙައްދެއްގައި ހިލަ ޖެހުން ހިމެނެއެވެ. މީގެ އިތުރުން، ބަނދަރު ސަރަޙައްދުގައި މަގުބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުން ފަދަ ޒަމާނީ ބަނދަރަކަށް ބޭނުންވާނެ ހުރިހާ ވަޞީލަތްތަކެއް ޤާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ބަނދަރުގެ މަސައްކަތް މުޅިން ނިމުމުން، ރަށަށް ކައިރިކުރާ އޮޑިދޯނިފަހަރަށް ފަސޭހަކަމާއެކު ލަފާފުރުމުގެ ފުރުޞަތު ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދިރިއުޅުމަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ. އެމްޓީސީސީން ދަނީ މަސައްކަތްތައް ޝެޑިއުލްއާ އެއްގޮތަށް، ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.




