އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ވިލިމާލެއިން ފެނުނު މިދިލިއޮށް ފޮށިގަނޑެއްގެ އިތުރުން އެކި ސަރަހައްދުތަކުން ހޮވައިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ގިނަ ތަކެތި ހިމެނެއެވެ.
ތަކެތީގެ ވެރިފަރާތްތަކުން އެ ތަކެއްޗާ ހަވާލުވުމަށް ވަޑައިގަންނަވާއިރު، ކާކުކަން އެނގޭނެ ރަސްމީ ލިޔުމަކާއި، ކަނޑައެޅިފައިވާ އިންސިޑެންޓް ނަންބަރު ހިއްސާކުރަންޖެހޭނެއެވެ.
ވިލިމާލެ ޕޮލިސް ސްޓޭޝަން
-
ހޮވުނު އެއްޗަކީ: ވެރިއަކު ނެތް މިދިލިއޮށް ފޮށިގަނޑެއް
-
ފެނުނު ތަނާއި ތާރީޚް: ޖުލައި 2 ވަނަ ދުވަހު، ވ. ހަވާސް ގޭތެރެއިން
-
އިންސިޑެންޓް ނަންބަރު: 692553
-
ގުޅޭނެ ނަންބަރު: 9833000 (ވިލިމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް)
މާފަންނު ޕޮލިސް ސްޓޭޝަން
-
ހޮވުނު އެއްޗަކީ: ދެ ކަރުދާސް ރީމް
-
ފެނުނު ތަނާއި ތާރީޚް: ޖޫން 30 ވަނަ ދުވަހު، ގްރީން ބިލްޑިންގ ކައިރިން
-
އިންސިޑެންޓް ނަންބަރު: 692418
-
ގުޅޭނެ ނަންބަރު: 9660183 (މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް)
ގަލޮޅު ޕޮލިސް ސްޓޭޝަން
ގަލޮޅު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗާ ހަވާލުވުމަށް ގުޅުއްވަންޖެހޭނީ 9631696 އަށެވެ.
-
ޓޫލްސްތަކެއް: ޖޫން 30 ވަނަ ދުވަހު، ބޮޑުތަކުރުފާނުމަގުން އެމްއެންޑީއެފް ގަރާޖު ކައިރިން (އިންސިޑެންޓް ނަންބަރު: 692461)
-
15 ޑޮލަރު: ޖޫން 30 ވަނަ ދުވަހު، ކޯރުކެނޑިމަގުން (އިންސިޑެންޓް ނަންބަރު: 692309)
-
މޯޓަރެއް: ޖުލައި 7 ވަނަ ދުވަހު، ހިލާލީމަގުން (އިންސިޑެންޓް ނަންބަރު: 693183)
ހެންވޭރު ޕޮލިސް
-
ހޮވުނު އެއްޗަކީ: 190 ރުފިޔާ
-
ފެނުނު ތަނާއި ތާރީޚް: ޖުލައި 1 ވަނަ ދުވަހު، ބީއެމްއެލް ހެޑް އޮފީސް ކައިރިން
-
އިންސިޑެންޓް ނަންބަރު: 692534
-
ގުޅޭނެ ނަންބަރު: 9660183 (މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް)
އެއާޕޯޓް ޕޮލިސް ސްޓޭޝަން
-
ހޮވުނު އެއްޗަކީ: ތަޅުދަނޑިފައްޗެއް
-
ފެނުނު ތަނާއި ތާރީޚް: ޖުލައި 2 ވަނަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް ޓާމިނަލް 2 ކައިރިއަށް ދަތުރުކުރި ޓެކްސީއަކުން
-
އިންސިޑެންޓް ނަންބަރު: 692654
-
ގުޅޭނެ ނަންބަރު: 9400056 (އެއާޕޯޓް ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް)



