އއ. ހިމަންދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ރޭ އުޅުނު ފުލުހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މަރުވެފައި އޮއްވައި ފެނުނީ ހއ. އުލިގަމަށް އުފަން އުމުރުން 33 އަހަރުގެ ސީނިއާ ސާޖަންޓް އަހުމަދު އާސިފް އެވެ.
ފުލުހުން ބުނީ، 2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ވަގުތެއްގައި "ޕޮލިސް ލޯންޗް 57" ޑިއުޓީ ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާކަމަށެވެ.
އެހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުންފަށައި، ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ހޯދިފައިވާކަމަށް ފުލުހުން ބުނެއެވެ.
އޭނާގެ ހަށިގަނޑު މިހާރު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ އެ އިދާރާއިން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި، މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
މި މަސައްކަތުގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަންފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



