ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޔަޒްމީދަކީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ކޮމިޝަންގައި އިންނަވާ މެންބަރެވެ.
ޔަޒްމީދު، އެ މަގާމަށް އިންތިހާބުކުރީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެވެ.
މިކަމާ ގުޅިގެން ޖޭއެސްސީން ވަނީ ކޮމިޝަނުގެ ނައިބުރައީސް އަދި މެމްބަރެއްގެ ހައިސިއްޔަތުން ޔަޒްމީދު ކޮށްދެެއްވާފައިވާ މަސައްކަތްޕުޅަށް ޝުކުރު އަދާކޮށްފަ އެވެ.
ޖޭއެސްސީގައި މިހާރު ތިއްބަވާ މެންބަރުންނަކީ:
- ކޮމިޝަންގެ ރައީސް: ހުސްނީ މުބާރިކު - ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު
- ކޮމިޝަންގެ މެންބަރު: އަބްދުއްރަހީމް އަބްދުﷲ - ރައްޔިތުންގެ މަޖިލީހުގެ ރައީސް
- ކޮމިޝަންގެ މެންބަރު: އަހުމަދު އުޝާމް - ބަންޑާރަނައިބު
- ކޮމިޝަންގެ މެންބަރު: ޙުސައިން ޝަހީދު - އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
- ކޮމިޝަންގެ މެންބަރު: ޙަސަން ޝަފީޢު - ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
- ކޮމިޝަންގެ މެންބަރު: ފަރުހާދު ރަޝީދު - ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
- ކޮމިޝަންގެ މެންބަރު: އިދްރީސް ފައުޒީ - އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެންބަރު
- ކޮމިޝަންގެ މެންބަރު: މުޙައްމަދު މުޖްތާޒް - ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް
- ކޮމިޝަންގެ މެންބަރު: ޢަލީ ޢަބްދުއްލަޠީފް - ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ މެންބަރު



