މާލެއަށް ދަތުރުކުރަނިކޮށް ފަޅައިގެންދިޔަ ލޯންޗުގައި ތިބި އެންމެން ސަލާމަތްކޮށް، މާލެ ގެނެސްފި އެވެ.
މިރޭ އިރުއޮއްސުނުހާއިރު ހިނގި މި ހާދިސާގައި ފަޅައިގެންދިޔައީ، ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީންތަކުގެއްގައި ބައިވެރިވުމަށްފަހު، މާފިލާފުށިން މާލެ އައި ލޯންޗެކެވެ. އެ ލޯންޗުގައި އެ ވަގުތު އެންމެން ލައިފް ޖެކެޓާއެކު ކަނޑަަށް ފައިބައިގެން ތިބި މަންޒަރު ވީޑިއޯތަކުން ފެނެ އެވެ.
އެމްއެންޑީއެފްއިން ބުނީ، ކަނޑުވި ހުރިހާ މީހުން ވެސް ފުލުހުންގެ އެހީތެރިކަމާއެކު މާލެ ގެނެސްފައިވާ ކަމަށެވެ. އެއްވެސް މީހަކަށް އަނިޔާއެއްވި ކަމަކަށް ނުބުނެ އެވެ. އަދި އެވަގުތު ލޯންޗުގައި ތިބި މީހުންގެ އަދަދެއް ވެސް ނުބުނެ އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އެ ލޯންޗު ފަޅައިގެންދިޔައީ ހުޅުމާލެއާ ހިސާބުންނެވެ.



