ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިދޭ ފާލަންތައް ހިމެނޭ ސަރަހައްދަށް، ކޯމަސްތަކެއް މިއަދު ވަދެފިއެވެ.
މިއަދު މެންދުރު ގާތްގަނޑަކަށް 2:00 ހާއިރު އެ ސަރަހައްދަށް ވަން ކޯމަސްތައް ގިނަ އިރުތަކެއް ވަންދެން އެ ސަރަހައްދުގައި އުޅުނެވެ.
https://www.facebook.com/share/r/1JTGuAchXt/
މިއީ އާންމުކޮށް މި ސަރަހައްދުން ފެންނަ މަންޒަރަކަށް ނުވުމުން، މި ހިތްގައިމު މަންޒަރު ބަލާލުމަށްޓަކައި ގިނަ އަދަދެއްގެ އާންމުންނާއި ފަތުރުވެރިން މިހާރު ދަނީ އެ ސަރަހައްދަށް ޖަމާވަމުންނެވެ.
އެ ސަރަހައްދަށް އެއްވެ ތިބި މީހުންގެ ތެރެއިން ބައެއް މީހުން ފޯނާއި ކެމެރާތަކުން ފޮޓޯއާއި ވީޑިއޯ ނަގަމުންދާއިރު، އަނެއްބައި މީހުން ކޯމަސްތައް ވީހާވެސް ގާތުން ބަލާލުމަށްޓަކައި މޫދަށް އެރި އުޅޭ މަންޒަރުވެސް ފެނެއެވެ.




