ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކަށް އަލުން ކަރަންޓު ދީފި އެވެ.
ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވަނީ، ހިޔާ ޓަވަރު 5، 6، އަދި 7 ގެ އިތުރުން ވިނަރެސްގެ 10 ޓަވަރުންނެވެ. މީގެ އިތުރުން އަމާންދޯދި 12، 13، 14، 15، އަދި 16 އަދި އަމާން އުދަރެސް 5، އަދި 6 ކުންވެސް ވަނީ ކަރަންޓް ކެނޑިފަ އެވެ.
މިއަދު ކަރަންޓު ދިޔައީ މަގު ހެދުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން މަގު ކޮނުމުގެ ތެރޭ ހައިވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެންނެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުންން މި މަހުގެ 12 ވަނަ ދުވަހު ވެސް ކަރަންޓު ކެނޑިފައިވެ އެވެ. އެފަހަރު ވެސް ކަރަންޓު ކެނޑުނީ ކޭބަލަކަށް ގެއްލުން ވެގެންނެވެ. އެހެންވެ، ކޮނުމުގައި ކޭބަލުތަކަށް ގެއްލުން ނުވާނެހެން ސަމާލުވުމަށް މީގެ ކުރިން ވެސް ސްޓެލްކޯއިން އޮތީ އިލްތިމާސްކޮށްފަ އެވެ.



