ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކަކުން ކަރަންޓު ކެނޑިއްޖެއެވެ.
ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވަނީ، ހިޔާ ޓަވަރު 5، 6، އަދި 7 ގެ އިތުރުން ވިނަރެސްގެ 10 ޓަވަރުންނެވެ. މީގެ އިތުރުން އަމާންދޯދި 12، 13، 14، 15، އަދި 16 އަދި އަމާން އުދަރެސް 5، އަދި 6 ކުންވެސް ވަނީ ކަރަންޓް ކެނޑިފައެވެ.
ސްޓެލްކޯއިން ބުނީ، އެ ސަރަހައްދުން ކަރަންޓު ކެނޑިފައިވަނީ ޓެކްނިކަލް މައްސަލެއްގެ ސަބަބުން ކަމަށެވެ.
މިހާރު މައްސަލަ ދެނެގަނެ، ކަރަންޓުގެ ހިދުމަތް އެ ސަރަހައްދަށް އަލުން ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން މި މަހުގެ 12 ވަނަ ދުވަހު ވެސް ކަރަންޓު ކެނޑިފައިވެއެވެ.




