ތ. ވޭމަންޑު އަށް އިތުރުކުރަން ސަރުކާރުން ނިންމި ބިން 23 ދުވަހުގެ ތެރޭގައި ހިއްކައި ނިންމާލައިފިއެވެ.
ވޭމަންޑޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ އެއްބަސްވުމުގެ އިތުރުން ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހެވެ.
ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ މާޗު 12 ވަނަ ދުވަހު ފެށި އެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ނިންމާލާފައިވާ ކަމަށެވެ.



