އިއްޔެ ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްކަމުގެ އިންތިހާބުގައި ކައުންސިލްތަކާއި ޑަބްލިއުޑީސީގެ މެޖޯރިޓީ ވެރިކަން ކުރާ ޕާޓީ ޕީއެންސީ އިން ކާމިޔާބުކޮށްފި އެވެ.
ވަގުތީ ނަތީއްޖާއިން ދައްކާ ގޮތުގައި ވޯޓުގެ ނަތީޖާއިން ފެންނަ ގޮތުގައި ޕީއެންސީއަށް ކައުންސިލުތަކުގެ 252 ގޮނޑި ކާމިޔާބުކުރެވިފައިވެއެވެ. އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ 221 ގޮނޑިއެވެ. އަދި މިނިވަން ކެންޑިޑޭޓުންނަށް 74 ގޮނޑި ކާމިޔާބުވެފައިވެއެވެ.
އޭގެ އިތުރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްްކުރާ ކޮމިޓީތަކަށް ބަލާއިރު ޕީއެންސީއަށް 167 ގޮނޑި ކާމިޔާބުކުރެވުނެވެ. އެމްޑީޕީއަށް މުޅި ރާއްޖެއިން ކާމިޔާބުކުރެވުނީ 145 ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރި 49 ކެންޑިޑޭޓަކަށް ޑަބްލިއުޑީސީގެ ގޮނޑި ކާމިޔާބުކުރެވުނެވެ.
ނަމަވެސް އެމްޑީޕީން ވަނީ ހުރިހާ ސިޓީއެއްގެ މޭޔަރު ގޮނޑި ކާމިޔާބުކޮށްފައެވެ.




