މާލެއާއި އަތޮޅުތަކުގައި ހާއްސަ ތަމްރީނުތަކެއް މިއަދު ކުރިއަށްދާނެކަމަށް ފުލުހުން ބުނެފި އެވެ.
މި ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ.
ފުލުހުން ބުނީ މި ވަގުތުތަކުގައި މަގުމަތީގައި ފުލުހުންނާއި ފުލުހުންގެ ވެހިކަލްތަކުގެ ހަރަކާތްތައް އިތުރުވެ، ސަލާމަތީ ކަންކަމާ ގުޅޭ އެކި ތަމްރީނުތައް ކުރިއަށްދާނެއެވެ.





