ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިޚާބުގައި ވޯޓުލުމުގެ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ވޯޓުލާތަން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 10ވަނަ ދުވަހުއެވެ.
އެ މުއްދަތު އަންނަ ހޯމަ ދުވަހުގެ މެންދުރު 15:00އާ ހަމަށް ހަމަވާއިރު މިއީ ވޯޓުލާތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ އެންމެ ފަހު ފުރުސަތެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް، މި ފުރުސަތު ހުޅުވާލަނީ ބައެއް ފަރާތްތަކުން އިންތިޚާބު އޮންނަ ދުވަހު ހުންނަ ތަން ބަދަލުވެދާނެތީ އެ ފަރާތްތަކަށް ޤާނޫނުއަސާސީން ދީފައިވާ ޙައްގު އަދާކުރުމުގެ ފުރުސަތު ދިނުމަށެވެ.
އަންނަ އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ ފަރާތްތަކަށް ވޯޓުލާ މަރުކަޒާއި ވޯޓު ފޮށީގެ މައުލޫމާތު މިހާރު ފަސޭހައިން ބަލައިލެވޭނެއެވެ. އެގޮތުން، VR ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް އައިޑީ ކާޑު ނަންބަރު ޖެހުމަށްފަހު 1414އަށް އާދައިގެ މެސެޖެއް ކޮށްލުމުން އެމީހަކު ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މަރުކަޒުގެ މައުލޫމާތު އެނގޭނެއެވެ. އަދި ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr) މެދުވެރިކޮށްވެސް މި މައުލޫމާތު ބަލާލެވޭނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




