ހދ. އަތޮޅު ކައުންސިލްގެ މެންބަރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ބައްދަލުކުރައްވައި، އެ އަތޮޅުގެ ރަށްރަށުގައި ތިބި ބިދޭސީންގެ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
އިއްޔެ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި، ހދ. އަތޮޅުގައި ކުރިއަށްގެންދާ މި ޚިދުމަތުގެ އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ފުޅާދާއިރާގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި، ކައުންސިލުތަކުން ފުލުހުންގެ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ރަށްރަށުގައި ކުރިމަތިވާ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި، ފުލުުހުންގެ ކަމާ ގުޅުންހުރި ބަހާތަކުގެ އޮފިސަރުންނާއި، ހދ. އަތޮޅު ކައުންސިލު މެންބަރުން ބައިވެރިވެލެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

