ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެކަކުން ސީޕްލޭންތަކަށް ހިދުމަތް ދޭން ފަށައިފިއެވެ.
އައު ޓާމިނަލުގެ ސީޕްލޭން ކައުންޓަރުތަކުގެ ހިދުމަތް ފަށާފައިވާއިރު އެ މަސައްކަތުގައި ސީޕްލޭނަށް ޗެކިންވާ ފަރާތްތައް، ސީޕްލޭން ޓާމިނަލަށް ގެންދިއުމަށްޓަކައި އޮޕަރޭޓަރުން ބޭނުން ކުރާނެ ބަސް ރޫޓުތައްވެސް ވަނީ ކަނޑައަޅާފައެވެ.
އެމްއޭސީއެލްއިން ވަނީ، ބަސް ރޫޓުތައް ކަނޑައެޅުމާއެކު އެއާޕޯޓުގެ އައު ޓާމިނަލުގެ އެރައިވަލް ގޭޓް 4 ދެކުނު ޕާކިން ޒޯން ބޭނުން ކުރާނީ، ސީޕްލޭން އޮޕަރޭޓަރުންނަށާއި އެމްއޭސީއެލް ސްޓާފް ބަސްތައް ބެހެއްޓުމަށް ކަމަށް ބުނެފައެވެ. އެހެންކަމުން މިނޫން ފަރާތްތަކުން މި ސަރަޙައްދު ބޭނުން ނުކުރުމަށް އެމްއޭސީއެލްއިން ވަނީ އަންގާފައެވެ.
އެކުންފުނިން ބުނީ މި ނޫން އުޅަނދުތައް އެ ސަރަޙައްދަށް ވަދެ، ނިކުތުމާއި އެ ސަރަޙައްދުގައި ބަހައްޓާފައިވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ޕާކް ކުރުމަކީ މަނާކަމެއް ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


