ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލުން ބުނެފިއެވެ.
އެމްއޭސީއެލުން ބުނީ ފޭސް 3 ހިއްކުމުގެ 87 އިންސައްތަ ނިމިފައިވާ ކަމަށެވެ.
Advertisement
ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ދަށުން، ފާއިތުވި 6 ދުވަހުގެ ތެރޭގައި އެކަނިވެސް 6 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
މިއާއެކު މި މަޝްރޫއުގެ ދަށުން މިހާތަަނަށް 55 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާއިރު، މިއީ މުޅި މަޝްރޫއުގެ 87 އިންސައްތަ މަސައްކަތެވެ. ހުޅުމާލޭ ފޭސް ތިނަކުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


