އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އީސީގެ މެންބަރު ކަމަށް ހުޅުވާލީ އެ ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ޑރ. މުހައްމަދު ޒާހިރުގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެވެ.
ރައީސް އޮފީހުން ކުރި އިއުލާނުގައި ވަނީ އީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.
Advertisement
ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އީސީގެ މެންބަރު ކަމަށް ބޭފުޅުން އައްޔަންކުރެވޭނީ އެކަމަށް ކުރިމަތިލުމަަށް ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން ނަމެއް މަޖިލީހުން ފާސްކުރުމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


