ރ. އަތޮޅު ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާ ދާކަމުގެ މައުލޫމާތު 16:24 އެހާކަންހާއިރު ލިބުމާ ގުޅިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.
އަދި އިތުރު މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެއެވެ.




