އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށްދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ 4 ސިޔާސީ ޕާޓީއަކަށެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުން އަންނަ އަހަރުގެ ބަޖެޓް ފާސްކުރި ދުވަސްކަމުގައިވާ ނޮވެންބަރު 25 ވަނަ ދުވަހުގެ ނިޔަލަށް އެކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން 10000 މެންބަރުން ހަމަވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭގެ އިތުރުން ސަރުކާރު ހިންގާ ޕީއެންސީގައެވެ.
މިއަހަރުގެ ބަޖެޓުން ފައިސާ ދޫކުރީ 5 ސިޔާސީ ޕާޓީއަކަށެވެ. މީގެ ތެރެއިން ޤާނޫނުގައި ބުނާ އަދަދަށް މެންބަރުންގެ އަދަދު ހަމަނުވުމުން އަންނަ އަހަރު ބަޖެޓުން ފައިސާ ލިބޭ ލިސްޓުން އުނިވާނީ އަދާލަތު ޕާޓީއެވެ.
އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތައް:
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)
ޖުމްހޫރީ ޕާޓީ ( ޖޭޕީ)
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)
އީސީ އިން ބުނީ އަންނަ އަހަރުގެ ބަޖެޓު މަޖިލިހުން މިދިޔަ ނޮވެމްބަރު 25 ދުވަހު ފާސްކުރި އިރު، އެ ދުވަހުގެ ނިޔަލަށް 10،000 މެމްބަރުން ހަމަވަނީ ހަތަރު ޕާޓީއެއްގައި ކަމަށެވެ.
އެއީ؛
- މިހާރު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ (68،665 މެމްބަރުން)
- އިދިކޮޅު އެމްޑީޕީ (43،765 މެމްބަރުން)
- ޖުމްހޫރީ ޕާޓީ (13،456 މެމްބަރުން)
- އެމްޑީއޭ 10،300 (މެމްބަރުން)
އެންމެ ގިނަ އަދަދެއްގެ މެންބަރުންތިބި ޕާޓީއެއްގެ ގޮތުން މިއަހަރުގެ ބަޖެޓުން އެންމެ ގިނައިން ފައިސާ ދޫކުރީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




