ސިޔާސީ ޕާޓީތަކުގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް ފައިސާ މިހާރު ދޫކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން ބުނެފި އެވެ.
އީސީގައި ރަޖިސްޓްރީވެފައިވާ ނުވަ ސިޔާސީ ޕާޓީގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވަނީ ފަސް ޕާޓީއެއްގަ އެވެ. މިއަހަރުގެ ބަޖެޓުން އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވަނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވަނީ އިދިކޮޅު އެމްޑީޕީ އަށެވެ. ޝަރުތު ހަމަވި ސިޔާސީ ޕާޓީތަކަށް ޖުމުލަ 27 މިލިޔަން ދިވެހި ރުފިޔާ ޖަމާކޮށްފައިވެ އެވެ.
ފައިސާ ލިބޭ ޕާޓީތަކާއި ދިން އަދަދުތައް:
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) - 13.3 މިލިއަން ރުފިޔާ
• ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 8.4 މިލިއަން ރުފިޔާ
• ޖުމްހޫރީ ޕާޓީ (ޖޭޕީ) - 2.6 މިލިއަން ރުފިޔާ
• މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) -1.7 މިލިއަން ރުފިޔާ
• ޢަދާލަތު ޕާޓީ (އޭޕީ) -1.7 މިލިއަން ރުފިޔާ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




