އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
އޮގަސްޓް 21 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، މާފަންނު ޕޮލިސް ކައިރިން ހޮވައިގެން ގެނެސްފައިވާ އިއަރޕޮޑް ޕްރޯ އެއް. އިންސިޑެންޓް ނަންބަރު 651872
އޮގަސްޓް 20 ވަނަ ދުވަހު އައިޖީއެމްއެޗް ފާހާނަ ތެރެއިން ހޮވައިގެން ގެނެސްފައިވާ ނޮކިޔާ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 651763
އޮގަސްޓް 14 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ވަދުފޮށި ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބުރުމާ ކަށިތަކެއް. އިންސިޑެންޓް ނަންބަރު 651108
އޮގަސްޓް 14 ވަނަ ދުވަހު ޗަމްޕާމަގު، ކިނބިގަސްދޮށުގެ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މަސްދަޅުތަކެއް (ފެލިވަރު، ތެޔޮ މަސްދަޅު). އިންސިޑެންޓް ނަންބަރު 651095
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް