ގައްޒާގައި ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އިސްރާއީލުން ރަސްމީ ޖަވާބެއްނުދީ، ސުލްހައިގެ އެއްބަސްވުމަކަށް އަންނަން ބޭނުންނުވާ ކަމުގެ އިޝާރާތެއް ދީފިއެވެ.
މިއަދު އިސްރާއީލުގެ ބޮޑުވަޒީރު ވާހަކަދެއްކި އިރު، އޭނާ ހަމައެކަނި ބުނެފައިވަނީ ހަމާސް ވަނީ ޕްރެޝަރެއްގެ ދަށުގައި ކަމަށާއި، އޭނާ މީޑިއާގެ ރިޕޯޓުތައް ބަލަމުންދާ ކަމަށެވެ. ނަމަވެސް އިސްރާއީލުން އެއްވެސް ވަރަކަށް އެއްބަސްވުމަކަށް އައުމަށް ޝައުގުވެރިވާކަމަށް އޭނާ ބުނެފައެއް ނުވެއެވެ. އަދި އޭނާގެ ކަނާއަތް ފިޔައިގެ ސަރުކާރުގެ މެންބަރުން އެފަދަ އެއްބަސްވުމަކަށް އައުމަށް ތައްޔާރު ނޫންކަން އިޝާރާތްކޮށްފަ ވެއެވެ.
ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވެސް ބުނެފައިވަނީ ހަމާސްއިން މިހާރު އަނބުރާ މަޝްވަރާގެ މޭޒަށް އައުމަށް ބޭނުންވަނީ އިސްރާއީލުގެ ސިފައިން ގައްޒާ ހިފުމާއިގެން ކުރިއަށްދާކަން އެނގޭތީ ކަމަށެވެ. މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުން މިހާރު ހުށަހަޅާފައިވާ އޮނިގަނޑަށް ހަމާސްއިން ރުހުންދިނުމަށްފަހު މިހާރު ނަތަންޔާހޫގެ މައްޗަށް ވަރަށް ގިނަ ފަރާތްތަކުން އެކިގޮތްގޮތުން ޕްރެޟާރުކުރަމުންދެ އެވެ. ޚާއްޞަކޮށް އިސްރާއީލުގެ ހަމާސްގެ ހައްޔަރުގައި ތިބި އިސްރާއިލްގެ މީހުންގެ އާއިލާތަކުންނާއި އިސްރާއީލުގައި އާންމުކޮށް މުޒާހަރާކުރާ ފަރާތްތަކުންނެވެ.
މިސުރުގެ ޚާރިޖީ ވަޒީރު ބަދުރު އަބްދުލް އަޠީ ވަނީ ހަނގުރާމަ ހުއްޓުމަކަށް އައުމުގެ ހުށަހެޅުމަށް އެއްބަސްވުމަށް އިސްރާއީލުގެ މައްޗަށް ޕްރެޟަރު ކުރުމަށް ގޮވާލާފަ އެވެ.
"މިހާރު ބޯޅަ އޮތީ އ އިސްރާއީލުގެ ކޯޓުގަ. އަދި އެ ހުށަހެޅުމަށް އެއްބަސްވުމަށް އެމީހުންގެ މައްޗަށް ޕްރެޟަރު ކުރަން ޖެހޭ. އެއީ ގައްޒާގައި ދިމާވެފައިވާ އިންސާނީ ކާރިސާ ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމެއް،" އަޠީ ވިދާޅުވި އެވެ.
މި ހުށަހެޅުމުގެ މެދުވެރިން ގޮތުގައި މަސައްކަތް ކުރަމުން އަންނަނީ ގަތަރާައި މިސްރުންނެވެ،
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް