މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގައެވެ.
މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްސަދަކީ، ދިވެހިރާއްޖޭގެ އާބާދީ ބޮޑެތި ސިޓީތަކުގެ ތިމާވެށީގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމާއި، މިކަމަށްޓަކައި އެޗްޑީސީއާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން، ސަރުކާރުގެ މުހިންމު ވަޢުދުތައް ތަންފީޒުކުރުމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މިނިސްޓަރ ޠާރިޤާއި އެޗްޑީސީގެ އެމްޑީ އަލީ ޒުހައިރު މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ތިމާވެށި ހިމާޔަތްކުރުމަށް ބޭނުންވާ މައިގަނޑު ކަންކަމާއި، ޚާއްސަކޮށް ހުޅުމާލެ ފަދަ ތަރައްގީކުރެވެމުންދާ ސިޓީތަކުގައި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި ގޮތްތައް ބޭނުންކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލެވުނެވެ. އަދި، ތިމާވެށީގެ ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ދެ މުއައްސަސާ ގުޅިގެން ކުރިއަށްގެންދެވިދާނެ މަޝްރޫޢުތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ.
ސަރުކާރުގެ ވަޢުދުތައް ތަންފީޒުކުރުމުގައި އެޗްޑީސީއަކީ މުހިންމު ދައުރެއް އަދާކުރާނެ މުއައްސަސާއެކެވެ. އެގޮތުން، ތިމާވެށީގެ ދާއިރާއިން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ހާސިލުކުރުމަށް މިފަދަ ބައްދަލުވުންތަކަކީ ވަރަށް މުހިންމު ބައްދަލުވުންތަކެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް