2027 ވަނަ އަހަރު ނިމެންވާއިރަށް ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރަން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ދިރާސާކޮށް މިއަދު ފާސްކޮށްފިއެވެ
މި އިސްލާހު ހުށެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ މެންބަރެއް ކަމަށްވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފް މުހައްމަދެވެ. އެ ބިލު ފާސްވެފައި ވަނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ ވޯޓުންނެވެ. އަދި އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް 7 މެންބަރަކު ވޯޓު ދެއްވި އެވެ.
ދެހާސް އަށް ވަނަ އަހަރުގެ އޯގަސްޓް 25 ވަނަ ދުވަހު އަމަލު ކުރަން ފެށި މި ފެނާއި ނަރުދަމާގާއިމު ކުރުމުގެ ޤާނޫނުގައި، ބުނެފައި ވާގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ ފަސްއަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމްކުރަން ވާނެ ކަަމަށް ވަނީ ބުނެފައެވެ.
ނަމަވެސް އެ މުއްދަތު މިދިޔަ ހަފުތާގެ އަންގާރަ ދުވަހަށް ހަމަވެފައި ވާއިރު ބައެއްް ރަށްރަށުގައި ނަރުދަމާގެ މަސައްކަތް ހިނގަމުން އަންނައިރު އެހެން ބައެއް ރަށްތަކުގައި އެ މަސައްކަތް ކުރެވިފައެއް ނުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް