ސަލްމާން މިސްކިތުގައި ތަރައްޤީ ކުރަމުންދާ އިސްލާމީ ކުތުބުޚާނާ މި މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙްކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކުތުބުޚާނާ މި މަހު 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙުކުރުމަށް ވާންޖެހޭ ތައްޔާތީތަކާއި ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން މިއަދު ވަނީ މަޝްވަރާކުރައްވާފައެވެ. އިސްލާމީ ކުތުބުޚާނާ ހުޅުވިގެން ދާނީ 15 ހާސް ފޮތާއެކުކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް