އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ތިން މަހުން އެއް ފަހަރު ނެރޭ ހިދާޔަތުގެ އަލި މަޖައްލާގެ 29 ވަނަ އަދަދު ނެރެފުއެވެ.
"ހިދާޔާތުގެ އަލި" މަޖައްލާގެ މި ފަހަރުގެ ޢަދަދުގައި ވެސް އިސްލާމް ދީނާ ގުޅޭ ތަފާތު އެކި މަޢުޟޫޢުތަކަށް ދީނީ ޢިލްމުވެރީންގެ ލިޔުންތައް ހިމެނިފައި ވާނެއެވެ.
މި މަޖައްލާގައި އެންމެ އިސްކަމެއް ދީފައިވަނީ ޙައްޖުގެ މަތިވެރި އަޅުކަމާއި ގުޅޭ ގޮތުންނެވެ. އެގޮތުން ކަވާރ އާރޓީކަލް އަކަށް އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ލިޔުއްވާފައިވާ "ޢަމީރުލް ޙައްޖު – ޝަރަފްވެރި މަޤާމެއް" ހިމެނިފައިވާނެއެވެ. އަދި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވާފައިވާ "ޙައްޖަތުލް ވަދާޢުގެ އަސަރު ގަދަ ޚުޠުބާ" ހިމެނިފައިވެއެވެ.
"ޙައްޖުގެ އަޅުކަމަކީ މީހާގެ ނަފްސު އިޞްލާޙުކޮށްދޭ އަޅުކަމެއް"، "ޢަރަފާތް ދުވަސް" އާއި "ޙައްޖުގެ މަނާސި ކުތަކުގައި ވާ ބައެއް ހަނދާންތައް!" މަޖައްލާގައި ހިމަނާފައިވާނެއެވެ. އަދި "ޙައްޖުގެ ވާހަކަ ކޮއްކޮއަށް!' ނަމުގައި ލިޔެފައިވާ ލިޔުމުގެ އިތުރުން "ތާރީޚުގެ ތެރެއިން ފަލަސްޠީނުގެ ޤަޟިއްޔާ (1)" މިމައުޟޫއަށް އަލިއަޅުވާލާފައިވާ ލިޔުން ހިމެނިފައިވާނެއެވެ. "ޙައްޖާ ގުޅޭ ސުވާލާއި ޖަވާބު"، "ޒަކާތު ހައުސްގެ ތަފާސް ހިސާބު ރިޕޯޓް" ހިމެނިފައިވާނެއެވެ. އަދި މީގެ އިތުރުންވެސް ފައިދާކުރުވަނިވި އެތައް އާރޓީކަލްތަކެއް މިޢަދަދުގައި ހިމެނިފައިވާނެއެވެ.
ދީނީ ޢިލްމުވެރިންގެ ގިނަ ލިޔުންތައް ހިމެނޭ ގޮތަށް ނެރޭ ހިދާޔަތުގެ އަލި މަޖައްލާ ނެރޭން ފަަށައިފައި މި ވަނީ އަށް އަހަރުގެ މެދުކެނޑުމަކަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.
މިއީ އެގޮތުން ނެރެން ފެށި 4ވަނަ ޢަދަދެވެ. 'ހިދާޔަތުގެ އަލި' މަޖައްލާ އަލުން ނެރޭން ފަަށައިފައި މިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތީންނެވެ. މިމަޖައްލާގެ ހުރިހައި މަސައްކަތްތަކެއް ކުރައްވައިފައި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް