އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުގައި ކުޑަކުދިންގެ ޕާރކެއް ތަރައްޤީކުރުމަށް ލިފްޓެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަން ހާމަކޮށް އައްޑޫ ސިޓީ ކައުންސިލުން ބުނީ މި އެއްބަސްވުމުގައި ސޮއި ކުރެވޭ ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާކަމަށެވެ.
އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުގައި ކުޑަކުދިންގެ ޕާރކެއް ތަރައްޤީކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލާއި ލިފްޓެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެކު ވެވުނު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން. 1/2 pic.twitter.com/9Fce3rhAQa
— Addu City Council (@AdduCityCouncil) June 21, 2025
މިއީ 381,030.21 ރުފިޔާ ޚަރަދުކުރެވިގެން ކުރިއަށް ގެންދެވޭ މަޝްރޫޢުއެއްކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް