މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ދިވެހި ހުރިހާ ޙައްޖާޖީން ރާއްޖެ އައިސްފިއެވެ.
އެގޮތުން ޙައްޖުވެރިންގެ 4 ވަނަ ގުރޫޕް ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ. މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދި އަރަބިއްޔާއިން ދިން ކޯޓާގައި ރާއްޖެއިން 1000 މީހުން ވަނީ ޙައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ.
ހުރިހާ ޙައްޖުވެރިން ރާއްޖެ އައުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، މިފަހަރު ޙައްޖުގެ އިންތިޒާމުތަކާއި މެދު ހުރިހާ ޙައްޖުވެރިންވެސް ހިތްހަމަ ޖެހުން ފާޅުކޮށްފައިވާ ކަމަށެވެ.
"ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންނަށް ފެނުނީ ޙައްޖުވެރިންގެ ފަރާތުން ވަރަށް ބޮޑު ހިނިތުންވުމެއް. ޙައްޖުވެރިން މިފަހަރު ދިން ޚިދުމަތް ބަލައިގަތް މަންޒަރު ފެނިގެން ދިޔަ. ރައީސުލްޖުމްހޫރިއްޔާ ގެންދެވީ ކެނޑިނޭޅި ހައްޖުވެރިން ހާލު ބައްލަވާ އިންތިޒާމުތައް ގާތުން ބައްލަވަމުން. އެހެން ކަމުން ރައީސްއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ޙައްޖު ކޯޕަރޭޝަންގެ ޓީމުން ކުރި ބުރަ މަސައްކަތްވެސް ފާހަގަކޮށް އެކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" މުހައްމަދު ޝަކީލް ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް